ނޫސްވެރިން ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްޤުޤައި ކުރާ މަސައްކަތެއް: ޚަލީލް

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް މީޑއާތަކުން ކުރަމުންދާ އިހުތިޖާޖަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީސް ކުރިމަތީގައި ގާއިމުކޮށްފައިވާ "މީޑިއާ ފެންޑާ" ގައި އިހުތިޖާޖުކުރަން ތިބި ނޫސްވެރިން ގާތަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ޚަލީލު ވިދާޅުވީ މީޑިއާ ކޮންޓްރޯލްކުރުމަށް ފަރުމާކޮށްފައިވާ ބިލަކަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމަށާއި އެ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ ޚަލީލާއި އެކު މީޑިއާ އާއި ބެހޭ މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ނޫސްވެރިންގެ ގާތަށް ވަޑައިގެންނެވިއެވެ. އަސްވާޑު ވިދާޅުވީ އެމަނިކުފާނަކީ ނޫސްވެރިކަމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަކަށް ތާއީދު ނުކުރައްވާނެކަމަށެވެ.
ނަމަވެސް އިއްޔެ ޕީއެންސީގެ ޕީޖީ ލީޑަރު އަބްރާހިމް ފަލާހު ނޫސްވެރިން "އުލުބައިންދަން" ގޮވާލުމުން އެކަން ކުށްވެރި ކުރައްވާނަންތޯ ސުވާލުކުރުމުން މިނިސްޓަރ ޚަލީލު އަދި މިނިސްޓަރ އިބްރާހިމް ވަހީދު އަކަށްވެސް ޖަވާބެއް ނުދެއްވުނެވެ.
ރިއެކްޓް



