ޚަބަރު

މީޑިއާ ބިލާއި ދެކޮޅުހެދި ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފި

އޮގަސްޓް 27, 2025 - 14:18
އޮގަސްޓް 27, 2025 - 14:38
 0
މީޑިއާ ބިލާއި ދެކޮޅުހެދި ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފި

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ މީޑިއާ ރެގިއުލޭޝަން ބިލާއި ދެކޮޅުހަދައި އިހުތިޖާޖު ކުރަމުންދިޔަ 4 ނޫސްވެރިއަކު ހައްޔަރުކޮށްފިއެވެ.

ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގަތް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުން ދަނިކޮށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ "ދައުރު" ނޫހުގެ ނޫސްވެރިޔާ މުޒައްޔިން އާއި "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ އާއިދު އާއި ޝަހުޒާންގެ އިތުރުން ސިޓިޒިން ނޫހުގެ ނޫސްވެރިޔާ މޫސާ ރަޝީދު އެވެ.

މި ހަތަރު ނޫސްވެރިންވެސް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު ދުރު ހިސާބަކަށް ގެންގޮސް ވަނީ ދޫކޮށްލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0