ޚަބަރު

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި އިހްތިޖާޖުކުރަނީ

އޮގަސްޓް 27, 2025 - 10:57
 0
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކައިރީގައި އިހްތިޖާޖުކުރަނީ
މަޖިލިސް ކައިރީގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ -- ފޮޓޯ: ވިރާސީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި އިހްތިޖާޖް ކުރަން ފަށައިފިއެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު ފެށުމާއެކު، އިހްތިޖާޖްކުރާ ފަރާތްތަކުން ގޮވާލަމުން ދަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލް މަޖިލީހަށް ބަލައިނުގަތުމަށެވެ. އިހްތިޖާޖްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ބިލްގެ ސަބަބުން ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ގެއްލިގެންދާނެއެވެ.

މިއަދުގެ އިހްތިޖާޖާއެކު، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން، މީޑިއާ ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.

މި ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް ވަނީ ހިމަނާފައެވެ. ޤާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް  މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

މީގެ އިތުރުން، މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމާއި، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރުމާއި، ނޫހެއްގެ ވެބްސައިޓް ބްލޮކްކުރުމާއި، ބްރޯޑްކާސްޓުކުރުން ހުއްޓުވުމުގެ ބާރު ހިމެނެއެވެ.

މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަށް ބިލް ފާސް ނުކުރުމަށް ޕީއެންސީ ތަމްސީލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0