ޚަބަރު

ސޯސަންމަގުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އޮގަސްޓް 21, 2025 - 10:50
 0
ސޯސަންމަގުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ފޮޓޯ: ވިރާސީ

މާލޭގެ ސޯސަން މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލައިފިއެވެ.

މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 23:11 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފުލުހުން މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މާރާމާރީގައި ޒަހަމްވި ދިވހި ފިރިހެންމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން މިވަގުތާ ހަމައަށް އެއްވެސް ފަރާތެއް ހައްޔަރުކުރެވިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ހަމަލާ ދިން ފަރާތުގެ އެއްވެސް މަޢުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށް ކަމަށާއި، "މައްސަލައިގެ ތަޙުޤީޤަށް އިތުރު މަޢުލޫމާތު ލިބޭވަރަކުން  ހިއްސާކުރެވޭނެ" ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި މިފަދަ ހަމަލާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭއިރު، މިކަމާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ފުލުހުން ދަނީ މިފަދަ ހާދިސާތައް ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0