ފުލުހުންގެ ބެލުމުގެދަށުގައި ހުރި 30،000 ޑޮލަރު ވީނުވީއެއް ނޭނގި ގެއްލިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައެއް ފާހަގަކުރެވިއްޖެއެވެ.
މި މައްސަލައިގައި 30،000 ޑޮލަރުގެ ފަރަގެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލެއް މިއަދު ހާމަކުރެއްވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މިއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި "ސީޒް" ކުރެވުނު ފައިސާއާ ގުޅުންހުރި މައްސަލައެކެވެ. މި މައްސަލައިގައި ފާހަގަކުރެވުނު ހިސާބުގެ ފަރަގާ ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އިތުރު ތަފްސީލު ދެއްވަމުން އޮފިޝަލް ވިދާޅުވީ، "ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން" ކަމަށެވެ.
މި މައްސަލަ ފާހަގަކުރެވިފައިވަނީ އިއްޔެކަން ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވިއެވެ. މިފަދަ މައްސަލައެއް ކުރިމަތިވުމާ ގުޅިގެން ފުލުހުންގެ އެތެރޭގެ ތަޙުޤީޤުތައް ވެސް ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ހެއްކާއި ގަރީނާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ޤާނޫނީ ޒިންމާއެއްކަމުން، މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



