އެއަރޕޯޓު ތެރޭގައި މާރާމާރީ ހިންގި ދެ އަންހެނެއްގެ މައްސަލަ ބަލަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ދެ އަންހެނުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރަން ފަށައިފިއެވެ.
ރޭ އިރާކޮޅު ހިނގި މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އެއަރޕޯޓުގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި މި ހާދިސާގެ މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ދައްކާ ގޮތުގައި، މާރާމާރީ ހިންގަމުން ދިޔަ ދެ އަންހެނުން ދުރުކުރުވުމަށް އެތަނުގައި ތިބި މީހުން މަސައްކަތް ކޮށްފައިވެއެވެ.
އެއަރޕޯޓަކީ ގައުމުގެ މައި ދޮރާށި ކަމަށްވެފައި، ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދެއް ކަމަށްވާތީ، މިފަދަ ހާދިސާތައް ހިނގުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް މިވަގުތާ ހަމައަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރިއެކްޓް



