ޚަބަރު

ޒަކާތު މަހާސިންތާގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

އޮގަސްޓް 8, 2025 - 10:00
 0
ޒަކާތު މަހާސިންތާގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އާންމު ފަރުދުންނަށްވެސް ހުޅުވާލެވިފައިވެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާހާއެކު ތައްޔާރުކޮށްފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބޭއްވިފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގައެވެ. މި އަހަރުގެ މަހާސިންތާގައިވެސް އިލްމުވެރިންނާއި، މި ދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އިތުރަށް ކުރިއެރުވުމަށް ބޭނުންވާ އިސްތިރާޖުތައް ދެނެގަތުމެވެ.

ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމަށް އަހަރަކު އެއްފަހަރު ބާއްވާ މުހިންމު މަހާސިންތާއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0