ޚަބަރު

ޑޮލަރުގެ އަގު ތިރިވާން ފަށައިފި

އޮގަސްޓް 6, 2025 - 15:37
އޮގަސްޓް 6, 2025 - 16:31
 0
ޑޮލަރުގެ އަގު ތިރިވާން ފަށައިފި
ފޮޓޯ: ސޯޝަލްމީޑިއާ

ރާއްޖޭގައި ޑޮލަރުގެ އަގު ތިރިއަށް ދާން ފަށައިފިއެވެ.

ރާއްޖޭެ.ވގެ ޑޮލަރުގެ އަގަށް އަންނަ ބަދަލު ދެނެގަތުމަށް ވިޔަފާރިވެރިންގެ ފަރާތުން މަޢުލޫމާތު ހޯދައި ޝާއިޢުކުރާ ވެބްސައިޓެއްގައި ވާގޮތުން މިއަދު ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުޅެނީ 19.45ރ އަށެވެ.

އެ ވެބްސައިޓުގައި ވާގޮތުން ޑޮލަރުގެ އަގަށް އަންނަ ބަދަލު ދެނެގަތުމަށް 55 ވިޔަފާރިއަކުން މަޢުލޫމާތު ނަގާފައިވެއެވެ. މި ވިޔަފާރި ތަކުގެ ތެރޭގައި ގިނައި ރާއްޖޭގައި ހިންގާ ބޮޑެތި ރިސޯޓުތަކެވެ.

އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޮލަރުގެ އަގު ހުރީ 19.55ރ އަށެވެ.

ފާއިތުވީ ދުވަސް ތަކުގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

20ރ ގައި ހުރި ޑޮލަރުގެ އަގު ތިރިވާން ފެށުމަކީ ދިވެހި ވިޔަފާރި ވެރިންނާއި ޑޮލަރުގެ މުޢާމަލާތްތައް ގިނައިން ކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1