ޚަބަރު

އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކޮށްފި

އޮގަސްޓް 6, 2025 - 12:59
 0
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކޮށްފި
ފޮަޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުު ރަސްމިއްޔާތުގައި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު ޣަނީ ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ޣަނީއަކީ ތަޢުލީމީ ގޮތުން އަލް-އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އާއި ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަކުރައްވާފައިވެއެވެ. މިވަގުތު އެ މަނިކުފާނު ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވައެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައާއި ވިލާ ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދެވިއެވެ.

ޣަނީގެ ތަޖުރިބާގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ހިމެނެއެވެ. އޭނާގެ ނަން އުއްތަމަ ފަނޑިޔާރުކަމަށް ހުށަހެޅުއްވީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށެވެ. އަދި އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އޭނާގެ ނަން ފާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0