ކުޅުދުއްފުށީގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ކުޅުދުއްފުށި، ޖިފުޑި، ހަސަން މޫސާ (67 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ފަތިހު 5:00 ގައި ދުވަން ނިކުތް ހަސަން މޫސާ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ވަނީ ފެނިފައެވެ.
ހަސަން މޫސާ ފެނުމާއެކު ވަގުތުން ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޓް



