ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އެކި ފަރާތްތަކުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ޗެކަޕް ހެއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ރައީސްގެ ޞިއްޙީ ފަރުވާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސިންގަޕޫރުގެ ޚާއްޞަ ހޮސްޕިޓަލަކުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ވަޑައިގަންނަވާ ބޭފުޅުންނާއި، ދަތުރުފުޅުގެ މުއްދަތާ ގުޅޭ އެއްވެސް މަޢުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިންވެސް ވަނީ ޞިއްޙީ ޗެކަޕްތައް ހެއްދެވުމަށް ސިންގަޕޫރަށް ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މިފަދަ ދަތުރުފުޅުތަކަކީ ގިނަ ފަހަރަށް ނުރަސްމީ ދަތުރުފުޅުތަކެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅުތަކެކެވެ.
ރިއެކްޓް



