ޚަބަރު

އުމްރާއަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެ

ޖުލައި 30, 2025 - 19:45
 0
އުމްރާއަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެ
ދިވެހި އުމްރާވެރިންތަކެއް -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގެ މައްކާއަށް ދަތުރުކޮށްފައިވާ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވި ފަރާތަކީ ރ. ފައިނަށް ނިސްބަތްވާ މަރިޔަމް ޝިޔާމާއެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި މަރިޔަމް ޝިޔާމާ އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެހެންނަމަވެސް، އޭނާ ނިޔާވި ސަބަބާ ގުޅޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި އުމްރާގެ އަޅުކަމުގައި ނިޔާވި ދެވަނަ ދިވެއްސެވެ. މީގެ ކުރިން މިދިޔަ ހަފްތާގައި ވެސް އުމްރާގެ އަޅުކަމުގައި ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ހައްޖު ކޯޕަރޭޝަނުން މިހާތަނަށް މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0