ޚަބަރު

މާވަށުގައި މީހަކު މަރާލުން: ހަމަލާދިން މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ޖުލައި 29, 2025 - 16:47
 0
މާވަށުގައި މީހަކު މަރާލުން: ހަމަލާދިން މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ލ. މާވަށުގައި އިއްޔެ ހިނގި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29 އަހަރު) ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއްގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލައިގައި މަރުވެފައިވަނީ މާވަށު މޫސާ އިބްރާހިމް (29 އަހަރު) އެވެ.

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި މޫސާގެ ކަރަށް ދިން ހަމަލާއަކާ ގުޅިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ރަށުގެ ރައްޔިތުން މަޢުލޫމާތު ދޭގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމްއަކީ  މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0