މުހިއްމު ދެ ފަހުމުނާމާއެއްގައި ސްރީލާންކާއާއިއެކު ރާއްޖެއިން ސޮއިކޮށްފި

ޚާރިޖީ ދާއިރާގެ މުހިންމު ދެ ފަހުމުނާމާއެއްގައި ރާއްޖޭއާއި ސްރީލަންކާއާއި ދެމެދު ސޮއިކޮށްފިއެވެ.
ޖިނާޢީ ތަހުޤީޤުތަކުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ސޮއިކުރުވުނު އެއްބަސްވުމާއި ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޑިޕްލޮމެޓުން ތަމްރީން ކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އިބްރާހިމް ޚަލީލު އެވެ. އަދި ސްރީލަންކާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަންޓް އެވެ.
ރާއްޖެއާއެކު ސްރީލަންކާއިން މި ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ވެގެންދާނެއެވެ.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުޢިއްޒު ފައްޓަވާފައިވާ މަޝްރޫއުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ޑިސަނޭޔަކެ ސަލްޓަންޕާކުގައި ގަހެއް އިންދަވާނެއެވެ.
ރިއެކްޓް



