ޚަބަރު

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ޖުލައި 28, 2025 - 14:40
 0
ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް ފެށުމާއެކު އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ފެރީގެ ނިޒާމުން ގުޅާލެވިގެންދާނެއެވެ.

ފެރީގެ ޚިދުމަތް ފެށުމާއެކު، މިއަދުން ފެށިގެން އޮގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ފެރީގެ ޚިދުމަތުން އަގު ނެގުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުގެ ޓިކެޓްތައް ނެގޭނެއެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސޯޝަލްމީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި، މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވުމެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ. މި ޚިދުމަތް ފެށުމާއެކު އަތޮޅުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0