ޚަބަރު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވެއްޖެ

ޖުލައި 28, 2025 - 10:09
 0
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވެއްޖެ

ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަވަހާރަވެއްޖެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުނު ޙަސަން ޞާބިރަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދީ ދާއިރާގައި، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިއްޒަތާ އާޢިލާގެ ފަރާތުން މި ޝަރަފު ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

ދައުލަތަށް ކުރެއްވި އަގުހުރި ޚިދުމަތްތައް

1978 ވަނަ އަހަރު ނޭޝަނަލް ޕްލޭނިން އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމުން ފެށިގެން، ޙަސަން ޞާބިރު ވަނީ ގިނަގުނަ ޚިދުމަތްތަކެއް ދައުލަތަށް ކޮށްދެއްވާފައެވެ. 1985 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރ ތަޢާރަފުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަމުގައި ހުންނެވިއިރު، ކޫއްޑޫގައި 1500 ޓަނުގެ މަސްފިނުކުރާ ކާރުޚާނާއެއްގެ ބިންގާ އެޅުއްވުމާއި، ރާއްޖޭގައި އެއް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ފަދا މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދެވިއެވެ. އަދި ފަތުރުވެރިކަމުގެ ވަޒީރުކަމުގައި "ސަނީ ސައިޑް އޮފް ލައިފް" މޮޓޯގެ ދަށުން ދާއިރާ ތަރައްޤީކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.

2000 އިން 2005 އަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރެއްވި ޙަސަން ޞާބިރު، 2004 ގެ ސުނާމީ ކާރިސާގައި ރާއްޖެއަށް އެހީ ހޯދުމަށް ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. މިފަދا ގިނަގުނަ ޚިދުމަތްތަކަށްޓަކައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު އެމަނިކުފާނަށް އެރުވުނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0