ޚަބަރު

މާޅޮހު ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ދެ ބިދޭސީއަކު ޒަޚަމްވެއްޖެ

26 ޖުލައި 2025 - 23:08
މާޅޮހު ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ދެ ބިދޭސީއަކު ޒަޚަމްވެއްޖެ
ފޮޓޯ: ރިއްފަތު

އއ. މާޅޮހު ބަނދަރުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ދެ ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މާޅޮހުން "ވިރާސީ" އަށް މަޢުލޫމާތުދިން މީހަކު ބުނީ މިހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި އެ ދެމީހުންވެސް ވަނީ ފަރުވާ ދިނުމަށް މާލެ ފޮނުވާލާފައި ކަމަށެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި އަނިޔާވި ދެމީހުންވެސް ވަނީ ފުދޭ ވަރަކަށް ބޮޑަށް ފިހިފައެވެ.

މިހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.

ދޯނީގައި ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0