ރައީސް މުޢިއްޒު ވެރިކަމަށް އައި އިރު ޓާމިނަލުގައި ނިމިފައިވަނީ %30 : ޝަރީފް

ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވީ އިރު އެއާޕޯޓުގެ އައު ޓާމިނަލުން ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށާއި ބާކީ 70 އިންސައްތަ މަސައްކަތް އެންމެ ދޮޅު އަހަރުގެ ތެރޭގައި ނިންމަވާލެއްވީ ރައީސް ޑރ. މުޢިއްޒު ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކޮނޑު އަޅައިގެން އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވީ މާ ކުޅަދާނަ ފަހުލަވާނެއް. ހިނގާންވީ މަގު ކޮއްޓަވާދެއްވާ ތިރީހަކަށް އިންސައްތަ ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން ހަތްދިހަ އިންސައްތަ ނިންމައި ކާމިޔާބުގެ މަންޒިލަށް ވާސިލުވެވަޑައިގެންފި." ޝަރީފް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ވެރިކަމަށް އިންތިޚާބު ވުމަށްފަހު ރައީސް މުއިއްޒު ފުރަތަމަ ވެސް ވަޑައިގެންނެވީ އެއާޕޯޓަށް ކަމަށާއި އެއާޕޯޓުގެ މަސައްކަތްތަކަށް 'ބައްޕައަކު ދަރިއަކަށް ދޭ މިންވަރަށް' އިރުޝާދު ދެއްވި ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު އެެއް މަޝްރޫޢެވެ.
7 ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލުން ވަނީ ކުރިން ބުނެފައެވެ.
ރިއެކްޓް



