ޓާމިނަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސުންގެ ތެރެއިން ބައިވެރިވީ ނަޝީދު އާއި ވަހީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވުމަށް މިރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު ދީފައިިވީ ކަމުގައި ވިޔަސް މި ރަސްމިއްޔާތުގައި ބައިވެރިވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު އެކަންޏެވެ.
ޑްރޯން ޝޯއާއި ހަވާއެރުވުމާއެކު ބޭއްވުނު މި ހަފްލާގައި ބައިވެރިވުމަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު ދެވުނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެެޑުން ވަނީ ކުރިން ބުނެފައެވެ.
މީގެ ތެރޭގައ ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުޙައްމަދު ސާލިހުވެސް ހިމެނިވަޑައިގަންނަވައެވެ. މި ދެބޭފުޅުންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު އޭގެ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް



