ޚަބަރު

އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް އެއްވެސް އިރަކު ހުރަހެއް ނާޅާ: އެމްއެންޑީއެފް

ޖުލައި 26, 2025 - 15:00
ޖުލައި 26, 2025 - 16:02
 0
އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް އެއްވެސް އިރަކު ހުރަހެއް ނާޅާ: އެމްއެންޑީއެފް
އިސްލާމީ މަރުކަޒު -- ފޮޓޯ: ވިރާސީ

އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް އެއްވެސް އިރަކު ހުރަސް އަޅާފައި ނުވާނެކަމުގައި މޯލްޑިވްސް ނެޝަނަލަ ޑިފެންސް ފޯސްއިން ބުނެފިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެއްވެސް ހުރަހެއް ނާޅާ ކަމަށެވެ.

މިނިވަން 60 ގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން ޖުލައި 26 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރިއެވެ.

ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިނގައި އުޅުއްވުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންނަމަވެސް، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ ޒޯނުން ބޭރުގައި ވެހިކަލް ޕާކްކުރުމަށްފަހު ހިނގާފައި މިސްކިތަށް ވަޑައިގަތުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްއެންޑީއެފްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0