އެއާޕޯޓު ޓާމިނަލު ހުޅުވުމަށް އަރުވާ ހަވާ މުޅި މާލެ އަތޮޅަށް ފެންނާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި އަރުވާ ހަވާގެ މަންޒަރު މުޅި މާލެ އަތޮޅުގެ ރައްޔިތުންނަށް ފެންނާނެއެވެ.
އެމްއެންޑީއެފުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ހަވާ އަރުވާނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ. އަދި ހަވާ އަރުވާނީ 6 މިނެޓުގެ މުއްދަތަށެވެ. މި ހަވާ އަރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުންނާއި، ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދަކުންނެވެ.
މި ހަވާ އަރުވުމަށް ހަމަޖެހިފައިވަނީ ވަރަށް ބޮޑު ސަރަހައްދެއްގައި ކަމަށްވުމުން، މާލެ އަތޮޅުގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށްވެސް މި މަންޒަރު ފެންނާނެ ކަމަށް އެއާޕޯޓުގެ އޮފިޝަލެއް ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ. މި ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.
ރިއެކްޓް



