ޚަބަރު

އެމްޑީޕީގެ ރަންރީދޫ ދުވުން އޮގަސްޓް 1 އަށް ފަސްކޮށްފި

ޖުލައި 24, 2025 - 12:29
 0
އެމްޑީޕީގެ ރަންރީދޫ ދުވުން އޮގަސްޓް 1 އަށް ފަސްކޮށްފި
އެމްޑީޕީ އިން ބޭއްވި ޖަލްސާއެއް ތެރެއިން --- ފޮޓޯ: ވިރާސީ

އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް "ރަންރީނދޫ" އިވެންޓް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ރަސްމީ ސޯޝަލްމީޑިއާ ހެންޑަލްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޮގަސްޓް 1 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ރަންރީނދޫ އިވެންޓް ބޭއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓު ހުޅުމާލެއަށް ބަދަލުކޮށް, ތާރީޚު ފަސް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މީގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0