ދުނިޔެ

އެމެރިކާ އަނެއްކާވެސް ޔުނެސްކޯއިން ވަކިވެއްޖެ

ޖުލައި 24, 2025 - 08:30
 0
އެމެރިކާ އަނެއްކާވެސް ޔުނެސްކޯއިން ވަކިވެއްޖެ
ޔުނެސްކޯއިން ވަކިވުމަށް ނިންމި ގަރާރު ހިފައިގެން ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އަރަބް ނިއުސް

އދ.ގެ ސަގާފަތާއި ތައުލީމާ ބެހޭ އިސް އިދާރާ، ޔުނެސްކޯއިން އެމެރިކާ އަނެއްކާވެސް ވަކިވެއްޖެ އެވެ.

މިއީ އެމެރިކާ ޔުނެސްކޯއިން ވަކިވި ދެވަނަ ފަހަރެވެ.

ޔުނެސްކޯއިން އެމެރިކާ ފުރަތަމަ ބޭރުވީ ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުއެވެ. ނަމަވެސް އޭގެ ފަހުން ވެރިކަމަށް އައި ޖޯ ބައިޑެން ވަނީ އެ ނިންމުން ބަދަލުކުރައްވައި އަލުން ޔުނެސްކޯއާއި ގުޅިފައެވެ.

ވައިޓް ހައުސް އިން ހާމަކުރި ގޮތުގައި ޔުނެސްކޯއިން ޤަބޫލުކުރާ އުސޫލުތަކަކީ ޓްރަމްޕުގެ "ފަސްޓް އެމެރިކާ" އާއި އެއްގޮތް ކަންތަކެއް ނޫނެވެ. އަދި އެމެރިކާގެ ހާރިޖީ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި ޔުނެސްކޯއިން ބައިނަލްއަގްވާމީ ތަރައްގީއަށް އަދި ފިކުރީ އެޖެންޑާއެއް ޕްރޮމޯޓްކުރަމުން ދަނީ އެމެރިކާގެ ހާރިޖީ ސިޔާސަތާ ހިލާފު ގޮތަކަށެވެ.

ޔުނެސްކޯގެ ލީޑަރު އޮޑްރީ އަޒޫލޭ ވިދާޅުވީ ޓްރަމްޕްގެ ނިންމެވުމާ މެދު ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއީ އަންދާޒާ ކުރި ކަމެއް ކަމަށެވެ. އަދި އެމެރިކާ އިން ދެނީ ޔުނެސްކޯ ބަޖެޓްގެ 8 އިންސައްތަ ކަމަށް އަޒޫލޭ ވަނީ ފާހަގަކުރައްވާފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ޔުނެސްކޯއަށް ފަރަންސޭސިވިލާތުން ކުރާ މަސައްކަތަށް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0