ކުޅިވަރު

މި އަހަރުގެ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕް އަންނަ މަހު ތަމިލްނާޑޫ ގައި

ޖުލައި 24, 2025 - 08:01
 0
މި އަހަރުގެ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕް އަންނަ މަހު ތަމިލްނާޑޫ ގައި
މިދިޔަ އަހަުރުގެ އޭޝިއަން ސާފިންގ މުބާރާތް--ފޮޓޯ: ސިޑިބަރި

މިދިޔަ ދެ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތް އަންނަ މަހު 3 - 13 އަށް އިންޑިއާގެ ތަމިލްނާޑޫގައި ބާއްވަން ނިންމައިފި އެވެ. 

މި މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމު އަދި ޖޫނިއާ ފިރިހެން ޓީމު ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، މި މަހު 29 ގައި މި ދެ ޓީމު ތަމިލްނާޑޫއަށް ފުރާނެ އެވެ. މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ތިން ޓީމު އެއްކޮށް ޖުމްލަ 9 އެތްލީޓުން ބައިވެރިވާނެ އެވެ. މުބާރާތުގައި ބައިވެރިވާ ދެ ޓީމުގައި ހިމެނެނީ؛

ފިރިހެން ޓީމު:

1 - އަހުމަދު އާގިލް (އައްމަޑޭ)

2 - އިސްމާއިލް ރަޝީދު (ސްމައިލީ)

3 - ހޫދު އަހުމަދު (ހޫބްސް)

ޖޫނިއާ ޓީމު:

1 - ޔަސިން އަހުމަދު ނާޝިދު

2 - ޔޫސުފް ކަޔާން ހަމްދާން ޒަކީ

3 - ކަޔާން އަބްދުالله އަރީފް 

އަންހެން ޓީމު:

1 - މަރިޔަމް ރާހިމް ނަސީމް (އާޔާ)

2 - ޝާޒިޔާ ސައީދު

3 - ރިޝްތާ ޝުޖާ

މި މުބާރާތަށް ފިރިހެން ސީނިއާ އަދި ޖޫނިއާ ޓީމު ނެގުމަށް ވަނީ ޓްރަޔަލްސް ތަކެއް ބާއްވާފަ އެވެ. އެ ގޮތުން ޓީމަށް ހޮވިފައިވަނީ ކޮންމެ ކެޓެގެރީއަކުން ޓްރަޔަލްސްގައި އެންމެ ރަނގަޅަށް ސްކޯ ކުރި ތިން އެތްލީޓުންނެވެ.

މީގެ ކުރިން ވިދިވިދިގެން ދެ އަހަރު ރާއްޖޭގައި މި މުބާރާތް ބާއްވާފައިވާއިރު، މި ދެ މުބާރާތުގައިވެސް ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދާފަ އެވެ. އަދި ރާއްޖޭގެ އަންހެން ޓީމު ވަނީ މިދިޔަ އަހަރު މުބާރާތުގެ ރޭންކިންގ ރަނގަޅުކޮށް އޭޝިއަން ގޭމްސްއަށް ކޮލިފައި ވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0