ޚަބަރު

މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ ޕާކިންޒޯނު ހުސްކުރަން އަންގައިފި

ޖުލައި 23, 2025 - 20:50
 0
މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ ޕާކިންޒޯނު ހުސްކުރަން އަންގައިފި
ފޮޓޯ: ފުލުހުން

މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އަންގައިފިއެވެ.

ފުލުހުން މިފަދައިން އަންގާފައިވަނީ މިއަދު ސޯޝްލްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

ފުލުހުން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ޖުލައި 24 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އެ ސަރަހައްދުތަކުން އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ސަލްޓަން ޕާކް ސަރަހައްދާއި މުލިއާގެ، ރައީސް އޮފީސް އަދި ޖުމްހޫރީ މައިދާން ސަރަހައްދު ހިމެނެއެވެ. އަދި މި ސަރަހައްދުތައް ފާހަގަކޮށް ޗާޓެއް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީލޮކޭޓް ކުރެވޭނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

މި ކަމާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ރާވައި ހިންގުމަށް ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ހަރަކާތްތައް އަމާން އަދި ރައްކާތެރި މާހައުލެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އާންމުންގެ އެއްބާރުލުން މުހިންމު ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0