ބީއެމްއެލްއިން އެސްޑީއެފްސީ ގަނެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ނުނިންމަން: އެމްއެމްއޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ ގަތުމަށް ކުރިއަށްގެންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާ ޚިލާފަށް ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައި ނުވާ ކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާފައިވާ މުޢާމަލާތާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް، އެމްއެމްއޭގެ އާންމު އުސޫލުތަކުގެ ތެރެއިން މި މުޢާމަލާތް ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް ޢަމަލުކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ.
މީގެއިތުރުން، ބީއެމްއެލްއިން އެމްއެމްއޭއާ ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާ ގުޅޭ ޤާނޫނުތަކާއި، ގަވާއިދުތައް އަދި އިޖުރާއަތްތަކުގެ ތެރެއިން ކަމުގެ ޔަޤީންކަން ބީއެމްއެލްއިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
އެސްޑީއެފްސީ ގަތުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެމްއެމްއޭއިން މި ބަޔާން ނެރެފައިވަނީ، މި މުޢާމަލާތް ކުރިއަށްދަނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.
އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއިން ގަންނަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ މިގެ ކުރިން ހާމަކޮށްފައެވެ. މި މިމަހުގެ 20 ވަނަ ދުވަހު ރައީސްއޮފީހުން މަޢުލޫމާތުދިން ގޮތުގައި އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
ރިއެކްޓް



