ޚަބަރު

ކުނަހަންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ޖުލައި 23, 2025 - 15:18
ޖުލައި 23, 2025 - 15:21
 0
ކުނަހަންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ފޮޓޯ: ސޯޝަލްމީޑިއާ

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ ދޯންޏެއްގައި ރޯވި އަލިފާންގަނޑު އެރަށު ރައްޔިތުން ނުކުމެ ނިއްވާލައިފިއެވެ.

ކުނަހަންދޫ ކައުންސިލުގެ ނާއިބުރައީސް އަހުމަދު އާޒިމް ވިދާޅުވީ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި މިއަދު މެންދުރު 1:30 ހާއިރު ރޯވި އަލިފާން އެރަށުގެ ރައްޔިތުން ނުކުމެ ނިއްވާލާފައިވާކަމަށެވެ. އަދި މި ދޯންޏަކީ ސިމެންތިއާއި ހިލަ އަދި ހިލަވެލި ބަރުކޮށްފައި އޮތް ދޯންޏެއް ކަމަށާއި މި ހާދިސާގައި ދޯނީގެ ކުރީކޮޅު އެއްކޮށް އަނދާފައިވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

"އަލިފާން ފުރަތަމަ ރޯވިކަމަށް ބެލެވެނީ ދޯނީގެ ކުރީކޮޅު ގެގަނޑު ތެރޭގައި. ރޯވި ސަބަބެއް އަދި ނޭނގޭ. އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ. އަލިފާން ނިއްވުމުގެ ރަށުގެ ރައްޔިތުން ކުރި މަސައްކަތަށް ޝުކުރު ހައްޤު" ވިރާސީއަށް މަޢުލޫމާތު ދެމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ބުނި ގޮތުގައި އެމްއެންޑީއެފް އަދި ފުލުހުންނަށް އެތަނަށް ދެވުނު އިރު ރައްޔިތުންގެ މަސައްކަތުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައި ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0