ޚަބަރު

ނިޢުމާތުގެ މަޤާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކޮށްފި

ޖުލައި 23, 2025 - 13:45
 0
ނިޢުމާތުގެ މަޤާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކޮށްފި
ނިޢުމާތު ޝަފީޤު -- ފޮޓޯ: ދަ އެޑިޝަން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 އަހަރު ދުވަހަށް ރައީސް ޑރ. މުޢިއްޒު އިތުރުކުރައްވައިފިއެވެ

މި އިތުރުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަހިލީހުގެ ރުހުމާއެކު ނިންމެވި ނިންމެވުމެކެވެ.

ނިޢުމާތުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ތައްޔާރުކުރެއްވި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުން ނިޢުމާތުގެ މަޤާމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ނިޢުމާތު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ފުރަތަމަ އައްޔަންކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އަދި އޭނާގެ ފުރަތަމަ ދައުރު ހަމަވާން ކަނޑައެޅިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ނިޢުމާތު ޝަފީޤަކީ މާސްޓަރ އިން އަރލީ ޗައިލްޑްހުޑް އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައިވާ، ދާއިރާގެ ތަޢުލީމީ ފަންނީ ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން، މުސްތަޤިއްލު އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0