ޚަބަރު

ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ޖުލައި 23, 2025 - 12:59
 0
ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

އައްޑޫސިޓީ މީދޫގައި ހިންގަމުންދިޔަ ބިއުޓީ ސެލޫނެއްގައި ހަށިވިއްކާކަމަށް ތުހުމަތުކުރެވިގެން ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

"ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ" ގެ ނަމުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ތައިލެންޑްގެ ރައްޔިތެއް ކަމަށްވާ ޔޮންލައްޑާ ސުކްސުވަންގް (36އ) އެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ހަށިވިއްކުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން އަބަދުވެސް ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންދާއިރު، މިފަދަ މައްސަލަތަކުގައި ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0