ކާވާ ޗެމްޕިއަންސް ލީގު: އެޗްޑީސީ ބަލިކޮށް ސިފައިން ލީގު 5 ވަނައިގައި މުބާރާތް ނިންމާލައިފި

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގުގެ ފަހު މެޗުގައި ކްލަބް އެޗްޑީސީގެ މައްޗަށް ކުރި ހޯދައި ސިފައިން މޮޅަކާއި އެކު މުބާރާތް ނިންމާލައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ސިފައިން މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުތައް ދިޔައީ 25-22، 23-25، 25-19، 19-25 އަދި 16-14 އިންނެވެ. މި މުބާރާތުގެ ކުރިން ގައުމީ ލީގު ފައިނަލްގައި ސިފައިން ވަނީ ސީދާ 3 ސެޓުން އެޗްޑީސީ ބަލިކޮށްފަ އެވެ.
މި ދެ ޓީމު މާދަން ކުޅުމަށް ހަމަޖެހިފައިވާ ރޭންކިންގް މެޗު ކޮންޓްރޯލް ޓީމުން ވަނީ ކެންސަލްކޮށް، މުބާރާތުގެ 14 ވަނަ މެޗުން މޮޅުވާ ޓީމަކީ 5 ވަނަ ޓީމުގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މި މުބާރާތުގައި ކްލަބް އެޗްޑީސީ ކުޅުނު ހުރިހާ މެޗަކުން ބަލިވި އިރު، ސިފައިން މޮޅުވެފައި ވަނީ އެޗްޑީސީ އަތުން އެކަންޏެވެ.
ރިއެކްޓް



