ކުޅިވަރު

ސާފަށް ތައްޔާރުވާން 20 އަހަރުން ދަށުގެ ޓީމު ޓްރެއިނިންގް ކޭމްޕަކަށް ސިންގަޕޫރަށް

6 މާރިޗު 2026 - 13:30
ސާފަށް ތައްޔާރުވާން 20 އަހަރުން ދަށުގެ ޓީމު ޓްރެއިނިންގް ކޭމްޕަކަށް ސިންގަޕޫރަށް
20 އަހަރުން ދަށުގެ ގައުމީ ޓީމު ސިންގަޕޫރަށް ފުރުމަށް މާފަންނު ބަސް ޓާމިންލްގައި. ފޮޓޯ; އެފްއޭއެމް

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މިއަދު ހެނދުނު ސިންގަޕޫރަށް ފުރައިފި އެވެ.

މި ދަތުރުގައި ރާއްޖޭގެ ޓީމުން ސިންގަޕޫރުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ އެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިއަށްދާނީ މި މަހުގެ 23 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސަރަހައްދީ ފެންވަރުގައި ބާއްވާ މި އުމުރުފުރާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމްލަ ހަތް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ޕާކިސްތާން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނެވެ. އަމިއްލަ ގައުމުގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އަމާޒު ހިފާފައިވާއިރު، ސިންގަޕޫރު ކޭމްޕަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0