ކުޅިވަރު

ސިފައިންނާއި އެޗްޑީސީ ރޭންކިންގް މެޗަށް

ޖުލައި 22, 2025 - 12:58
ޖުލައި 22, 2025 - 13:22
 0
ސިފައިންނާއި އެޗްޑީސީ ރޭންކިންގް މެޗަށް
ފޮޓޯ؛ ސިޑިބަރި

މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގުގައި ރާއްޖެ ތަމްސީލު ކުރާ ދެ ޓީމު، އެޗްޑީސީ އަދި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ހަތަރު މެޗުން ބަލިވެ ރޭންކިންގ މެޗު ކުޅެން ޖެހިއްޖެ އެވެ. 

ޒުވާނުންގެ މަރުކަަޒު އެތެރޭގެ ކޯޓުގައި ކުޅޭ މި މުބާރާތުގައި 5 ގައުމުން 6 ޓީމު ވަނީ ބައިވެރިވެފަ އެވެ. ރާއްޖެއިން ދެ ޓީމު ބައިވެރިވާ މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ވަނީ ރާއްޖެއިން ބޭރުން ބައިވެރިވި ހުރިހާ ޓީމެއް އަތުން ބަލިވެފަ އެވެ.

އިއްޔެ ހަވީރު ސިފައިންގެ ކްލަބް ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ތިން ސެޓުން ބަލިވި އިރު، އެޗްޑީސީ ވެސް ވަނީ ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މި ދެ ޓީމް މިއަދު ހަވީރު ބައްދަލުކުރާނެ އެވެ. އަދި ރޭންކިންގް މެޗުގައި މާދަމާ ވެސް މި ދެ ޓީމު ބައްދަލު ކުރާނެ އެވެ.

މި ދެ ޓީމު ގައުމީ ވޮލީބޯޅަ ލީގުގެ ފައިނަލްގައި ބައްދަލުކޮށް ސިފައިން ވަނީ އެޗްޑީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0