ޚަބަރު

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1000 ޑޮލަރު ލިބޭނެ: ރައީސް

ޖުލައި 21, 2025 - 18:29
 0
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1000 ޑޮލަރު ލިބޭނެ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ އޮގަސްޓް 1 އިން ފެށިގެން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް 1000 އެމެރިކާ ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސަވަން ކަމާބެހޭ އިދާރާތަކަށް އަންގަވައިފި ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަން އިއުލާނު ކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ފުރާ ފަރާތްތަކުގެ އިތުރުން އެންސްޕާގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް 2000 ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގާވާފައިވާނެ ކަމަށް ރައީސްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވަނީ މިކަން މިގޮތަށް ކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ. 

ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުވީ ރައްޔިތުންގެ ހައްޤުގައި ކަމުގައި ވިދާޅުވަމުން އެދުވަހު ރައީސް ވަނީ ރައްޔިތުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކޮށްދެއްވާނެކަމަށް ވަޢުދު ވެލައްވާފައެވެ.

މި ބަދަލުގެ ސަބަބުން ރައްޔިތުން އެކި ސިއްކީ އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުފަތުރުގެ ކަންކަން  ފަސޭހަ ވެގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0