ހެނބަދޫގައި އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

ނ. ހެނބަދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
500 މީހުންގެ ޖާގައިގެ މި މިސްކިތުގެ ބިންގާ އަޅައި ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ހެނބަދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މި މިސްކިތް އެޅުމުގެ މަޝްރޫޢަކީ 11.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފެނަކައާއި ހަވާލު ކުރެވުނު މި މަޝްރޫޢުގެ މަސައްކަތް ނިންމަން ޖެހޭނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ރިއެކްޓް



