ޚަބަރު

މާފަރު ސިއްހީ މަރުކަރު މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރެއްވުމަަށް ރައީސް ނިންމަވައިފި

ޖުލައި 21, 2025 - 13:33
 0
މާފަރު ސިއްހީ މަރުކަރު މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރެއްވުމަަށް ރައީސް ނިންމަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ނ. މާފަރުގެ ސިއްޚީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އިއްޔެ ސޮއި ކުރެވުނު އެއްބަސްވުމުގައި ރައްޔިތުން ބޭނުންވާ ބަދަލުތައް ހިމެނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިތުރު 15 އެނދު އިތުރުކޮށް ރައްޔިތުން ބޭނުންވާ ސްކޯޕަށް އެއްބަސްވުން ބަދަލުކޮށް  މި ހަފްތާ ނިމުމުގެ ކުރިން އަލުން ސޮއިކޮށް މަސައްކަތް ފެށޭނެ ކަމަށެވެ.

"ރޭގަ ސޮއި ކުރެވުނު މަޝްރޫޢުގަ އިތުރު ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަމަށް މިއަދު އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނީ. އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި އަހަރުގެ ތެރޭގައި މާފަރުގެ މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް މާފަރުގެ ރައްޔިތުންނަށް ދެއްވިއެވެ. ރައީސް ވިދާޅުވީ މާފަރުގެ އިތުރުން މިއަހަރު މަގު ހެދުމުގެ މަޝްރޫޢުތައް ރޭވިފައިވާ ހުރިހާ ރަށެއްގައި އެ މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެއެވެ.

މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ މާފަރުގައި ޤާާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0