ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަތުލައިގަނެފި

ހުޅުމާލެ ފޭސް 1 އިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކެއް ބަލައިފާސްކޮށްފ ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޓް



