ޚަބަރު

ކްރިޕްޓޯއާ ގުޅޭ މައްސަލަތައް ތަހުޤީޤު ކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ޖުލައި 21, 2025 - 11:08
 0
ކްރިޕްޓޯއާ ގުޅޭ މައްސަލަތައް ތަހުޤީޤު ކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި
ފޮޓޯ: ފުލުހުން

ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 20 އިން 21 އަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރޕޯލްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމްގެ ފަރާތުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ބަހާތަކުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 28 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ތަމްރީނުގައި، ބްލޮކްޗެއިންގެ މައިގަނޑު އަސާސްތަކާއި، ބިޓްކޮއިން އަދި އެތީރިއަމް މެދުވެރިކޮށް އާންމުކޮށް ކުށްތައް ހިންގާ ގޮތާއި، ކްރިޕްޓޯގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތަށް ބައްޓަން ކުރަންވީ ގޮތް އުނގަންނައިދީފައިއެވެ.

މި ތަމްރީނުގައި މައުލޫމާތުދެއްވީ އިންޓަރޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ފަރާތުން ކްރިޕްޓޯ ކަރަންސީއާ ބެހޭ މާހިރުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0