ޚަބަރު

ވެރިކަން ވައްޓާލުމުގެ އެއްބަސްވުމެއްގައި ދުވަހަކުވެސް ސޮއި ކޮށްފައި ނުވާނެ: މިނިސްޓަރު ޝަހީމް

ޖުލައި 19, 2025 - 13:40
 0
ވެރިކަން ވައްޓާލުމުގެ އެއްބަސްވުމެއްގައި ދުވަހަކުވެސް ސޮއި ކޮށްފައި ނުވާނެ: މިނިސްޓަރު ޝަހީމް
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު --- ފޮޓޯ: ވިރާސީ

ސޯޝަލް މީޑިއާ ގައި ދައުރުވަމުން ދާ "ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިޔާ މުޙަންމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ހިންގި ބަޣާވަތުގެ އެއްބަސްވުން" ގެ ފޮޓޯ ތަކާއި ގުޅިގެން، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ. 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެއްބަސްވުމުގައި 7 ސިޔާސީ ޕާޓީ އެއްގެ ފަރާތުން ސޮއި ކޮށްފައިވެއެވެ. އެއީ ޕްރޮގްރެސިވް  ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، އަދާލަތު ޕާޓީ، ދިވެހި ޤައުމީ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ)، މަދަނީ އިއްތިހާދު، ޖުމްހޫރީ ޕާޓީ އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އެވެ. 

އެގޮތުން، 29 ޑިސެމްބަރު 2011 ވަނަ ދުވަހު ސޮއިކޮށްފައިވާ އެ އްއްބަސްވުމުގެ އިޤްރާރު ބައިގައި ފެންނަ ގޮތުން އަދާލަތު ޕާޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އޭރުގެ އެ ޕާޓީގެ ތަރުޖަމާނު އަދި މި ސަރުކާރުގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އެވެ. 

މި ފޮޓޯތަކަާއި ގުޅިގެން އެކްސް ގައި ދެއްވި ރައްދުގައި ޑރ. ޝަހީމް ވިދާޅުވީ މި ފޮޓޯ ތަަކަކީ އަސްލު އެއްޗެއް ނޫން ކަމަށާއި، މިފަދަ އެއްބަސް ވުމެއްގައި ދުވަހަކުވެސް ސޮއި ކޮށްފައި ނުވާނެ ކަމަށެވެ. 

"ތީ ފޭކް އެއްޗެއް. ތި ފަދަ އެއްޗެއްގައި ދުވަހަކުވެސް ސޮއި ކޮށްފަ ނުވާނެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި އިރު ރާއްޖޭގައި ވެސް ނެތިން. އަޅުގަނޑު ހުރީ މެލޭޝިޔާ ގައި ކިޔަވަން. އަދި 22 ރޭ މުޒާހަރާ ގައި ވެސް ބައިވެރިވެފައި ނުވާނެ" ، މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

އެއްބަސްވުމާއި ގުޅޭގޮތުން ދައުރު ވަމުންދާ ފޮޓޯތަކުން އިތުރަށް ފެންނަ ގޮތުގައި، އެއްބަސް ވުމުގެ އިޤްރާރުގައި ޕީޕީއެމްގެ ފަރާތުން ސޮއި ކޮށްފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފީއޭގެ ފަރާތުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0