ޚަބަރު

ލައިވް ޓީވީގައި ޕާކިސްތާނުގެ ނޫސްވެރިއަކު އޮޔާ ގޮސްފި

ޖުލައި 18, 2025 - 17:38
 0
ލައިވް ޓީވީގައި ޕާކިސްތާނުގެ ނޫސްވެރިއަކު އޮޔާ ގޮސްފި
ފޮޓޯ: ސޯޝަލްމީޑިއާ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާގެ ހަބަރު ލައިވްކޮށް ގެނެސްދެމުން ދިޔަ ނޫސްވެރިޔަކު އޮޔާގޮސް ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގީ ރާވަލްޕިންޑީގެ ޗަހަން ޑޭމް ސަރަހައްދުގައި ނޫސްވެރިޔާ ލައިވް ކަވަރޭޖެއް ކުރަމުން ދަނިކޮށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، ކަރާ ހަމައަށް ހުރި ފެނުގެ ތެރޭގައި މައިކްރޯފޯނެއް ހިފައިގެން ހުރި ނޫސްވެރިޔާ ލައިވް ކަވަރޭޖް ދެމުން ދަނިކޮށް، ގަދަ އޮއިގެ ސަބަބުން އޭނާ ވަނީ އޮޔާގޮސްފައެވެ.

އަލްއަރަބިއްޔާ އިންގްލިޝްއިން ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ އޭނާ އޮޔާދިއުމުގެ ކުރިން ހަމައެކަނި އޭނާގެ ބޮލާއި މައިކްރޯފޯން ހިފަހައްޓާފައި ހުރި އަތް އެކަންޏެވެ.

މި ހާދިސާ ހިނގީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ. ޖޫން 26 އިން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް 116 މީހުން މަރުވެ، 250 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި މި ވިއްސާރައިގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޕަންޖާބު ޕްރޮވިންސުން 44 މީހުންނެވެ. އޭގެ އިތުރުން ޚައިބަރު ޕަޚްތޫންޚުވާއިން 37 މީހުން، ސިންދުއިން 18 މީހުން އަދި ބަލޫޗިސްތާނުން 19 މީހުން މަރުވެފައިވެއެވެ. އަދި ޕާކިސްތާނުން ހިފާފައިވާ ކަޝްމީރު (ޕީއޯކޭ) އިން އެކަކު މަރުވެ، ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0