ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޖުލައި 18, 2025 - 01:57
ޖުލައި 18, 2025 - 01:58
 0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ހިނގި ސަރަހައްދު -- ފޮޓޯ: ވިރާސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ވިނަރެސް ފްލެޓްތައް ކައިރީ ރައުންޑްއެބައުޓްސް އެއްގެ ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވިކަމުގެ މަޢުލޫމާތު "ވިރާސީ" އަށް ވަނީ ލިބިފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ވެސް އެ ރައުންޑްއެބައުޓް ކައިރިއަށް ސައިކަލެއް ވެއްޓިފައި އޮއްވާ ފެނެއެވެ. އަދި އެތަނުގެ ކައިރީގައި ވެއްޓިފައި އޮތް މިހާގެ ކައިރީގައި ޢާއްމުންނާއި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާއެއްވީ ކަމުގެ މަޢުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިރޭ އިރާކޮޅުވެސް ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0