ޚަބަރު

ފާއިތުވީ ދިހަ މަސްދުވަހު ލައިސަންސް ނެތް އެއްހާހަށްވުރެ ގިނަ މީހުން ހުއްޓުވުނު: ފުލުހުން

ޖުލައި 17, 2025 - 20:50
 0
ފާއިތުވީ ދިހަ މަސްދުވަހު ލައިސަންސް ނެތް އެއްހާހަށްވުރެ ގިނަ މީހުން ހުއްޓުވުނު: ފުލުހުން

ފާއިތުވީ 10 މަސްދުވަހު އެއްގޮތަކަށްވެސް ލައިސަންސެއް ނެތި އެއްގަމު އުޅަނދު ދުއްވި 1142 ފަރާތެއް ހުއްޓުވާފައިވާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓަވައި ފިޔަވަޅު އެޅުމަށް ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތައް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވި 1062 ސައިކަލަކާއި 80 ކާރު ހުއްޓުވާފައި ވާކަމަށެވެ.

ފުލުހުން މިއަދު ޢާއްމުކުރި ތަފސްހިސާބުތަކަށް ބާލާއިރު މާލެ އަދި ސިނަމާލެ ބްރިޖުގެ އެކަ ސަރަަހައްދު ތަކުގައި 2181 ވެހިކަލް ޗެކް ޕޮއިންޓް ޤާއިމުކުރެވުނުއިރު  262767 ލޮކޭޝަން ޗެކް ކޮށްފައިވެއެވެ. އަދި މީގެ އިތުރުން ހަމަ އެ 10 މަސްދުވަހުގެ ތެރޭގައި ފުލުސް އޮފިސަރުން 2881 ގަޑިއިރާއި 24 މިނެޓް ފައިމަގުގައި މަގުމަތި ޕެޓްރޯލް ކޮށްފައިވެއެވެ.

ފުލުހުން މަގުމަތީގެ ސަލާމަތްކަން ކަށަވަރުކުރުމަށް ކުރި މި މަަސައްކަތުގައި 31857 ސއިކަލާއި 3878 ކާރު ޗެކް ކޮށްފައިވެއެވެ. އަދި ސައިކަލު ދުއްވި 4566 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު ކާރުދުއްވި 840 ފަރާތަކަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި 30,329 ފަރާތަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.

އަދި އެކި ޓްރެފިކް ވައިލޭޝަންތަކާއި ގުޅިގެން 3882 ސައިކަލު އަދި 1899 ކާރު ޓޯކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލެއާއި ބްރިޖް އަދި ބްރިޖް ހައިވޭ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވި 154 ސައިކަލަކާއި 4 ކާރު ހުއްޓުވާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0