ޚަބަރު

ވިނަރެސް ޓަވަރުން ވެއްޓުނު މީހާ ނިޔާވެއްޖެ

ޖުލައި 17, 2025 - 18:07
ޖުލައި 17, 2025 - 19:18
 0
ވިނަރެސް ޓަވަރުން ވެއްޓުނު މީހާ ނިޔާވެއްޖެ
ފޮޓޯ: ވިރާސީ

ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ހަވީރު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، އިމާރާތުން ވެއްޓުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 4:30 ހާއިރުގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިނެވެ.

އަދި އެ ޒުވާނާއަށް ސީޕީއާރު ދީގެން ފަރުވާ ދިން ކަމަށާއި ނަމަވެސް ކާމިޔާބު ނުވުމުން ނިޔާވި ކަމަށް ނިންމީކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދިން އޮފިޝަލް ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ވިނަރެސްގެ އަށްވަނަ ޓަވަރުން ފިރިހެނަކު ވެއްޓިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އެ ޒުވާނާ ވެއްޓުނު ގޮތާއި ފްލޯއާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0