ޚަބަރު , ސިޔާސީ

ވަޅި ރީތީ ތޫނު ކަމުގައި ވާނަމަ، އެއާޕޯޓުގެ އާ ޓާމިނަލު ވެސް ރީތިވާނެ: ރައީސް ނަޝީދު

ޖުލައި 16, 2025 - 11:59
ޖުލައި 16, 2025 - 12:49
 0
ވަޅި ރީތީ ތޫނު ކަމުގައި ވާނަމަ، އެއާޕޯޓުގެ އާ ޓާމިނަލު ވެސް ރީތިވާނެ: ރައީސް ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) --- ފޮޓޯ: ވިރާސީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވަނީ ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އާއި ގުޅޭ ގޮތުން މިއަދު އެކްސް ގައި ޕޯސްޓު ކުރައްވާފައެވެ. 

އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ ކޮންކްރީޓް، ބިއްލޫރި އަދި ޕްލާސްޓިކްގެ އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދެކެނީ ނަމަ، އެއީ ހަނި ވިސްނުމެއް ކަމަށެވެ. ވަޅި ރީތީ ތޫނިއްޔާ އޭ ބުނާ މިސާލުން އެއާޕޯޓުގެ އާ ޓާމިނަލުވެސް ރީތި ވާނެކަމަށާއި "އާ އެއާޕޯޓުގެ ސަބަބުން ޓޫރިސްޓުން އަންނަ ވަރު އިތުރުވާ މިންވަރާއި އިގްތިސާދު ކުރިއަރާ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަތިތަކުން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އެއާޕޯޓް ވަރަށް ރީތި" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަޅި ރީތީ ތޫނިއްޔާ އޭ ބުނާ ބަހުގެ އާއްމު މާނަ އަކީ އެއްޗެއް ރީތި ވާނީ އެ އެއްޗެއްގެ ބޭނުން ހިފޭ މިންވަރުން ކަމާއި ބޭރު ފުށުން ފެންނަ ރީތި ކަމަކުން ނޫންކަމެވެ. 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ޖުލައި 26 ވަނަ ދުވަހު ބާއްވާ އެއާޕޯޓުގެ އާ ޓާމިނަލު ހުޅުވުމުގެ ރަސްމިޔާތަށް ރައީސް ނަޝީދު ހިމެނޭހެން ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ރައީސުންނަށް ވަކި ވަކިން ދައުވަތު އެރުވުމަށް އެމްއޭސީއެލް އިން ވަނީ ނިންމާފައެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަކީ ރާއްޖޭގެ އެއާޕޯޓު ތަރައްގީ ގެ މަޝްރޫއު ތަކުގެ ދަށުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު އެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ހިދުމަތްތައް ފުޅާކޮށް، އިތުރު ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ.


ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0