ޚަބަރު

ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި 922 މުވައްޒަފުން

ޖުލައި 16, 2025 - 05:52
ޖުލައި 16, 2025 - 05:55
 0
ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި 922 މުވައްޒަފުން
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނުގެ ސަރުކާރުގައި މި ވަގުތު 922 ސިޔާސީ މުވައްޒަފުން ތިއްބެވި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފި --- ފޮޓޯ: ވިރާސީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މަގާމު ތަކަށް މިހާރު އައްޔަނުކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 922 އެވެ.

މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 20 ވަޒީރުންނާއި، ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުންނެވެ. އަދި 93 ސްޓޭޓް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން 216 ޑެޕިއުޓީ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން ތިއްބެވެ.

ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުންނާއި، އެ ފެންވަރުގައި 8 ބޭފުޅުން ތިއްބެވެ. ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުންނާއި، އެ ފެންވަރުގައި 4 ބޭފުޅުން ތިއްބެވެ. އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅުން ތިއްބެވެ. އަދި އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން މަސައްކަތް ކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ރިޔާސީ ދައުރެއްގައިވެސް ސިޔާސީ މަގާމު ތަކަށް އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން އައްޔަނުކުރެއްވުން ހިނގަމުންދާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް އަބަދުވެސް ބަދަލު އަންނަމުންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0