ޚަބަރު

 ސިއްހީ އާލާތްތަކަށް އެހީގެ ގޮތުގައި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި 

ޖުލައި 15, 2025 - 09:10
ޖުލައި 15, 2025 - 16:58
 0
 ސިއްހީ އާލާތްތަކަށް އެހީގެ ގޮތުގައި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި 
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

 

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އިން ކުރިއަށް ގެންދާ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ނިމިދިޔަ ޖޫން މަހު 126 ފަރާތަކަށް އެކި ބާވަތުގެ މެޑިކަލް އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ އެޖެންސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބައިޕެޕް މެޝިން އަދި މާސްކު ހޯދުމަށެވެ. މިގޮތުން 29 ފަރާތަކަށް މި ތަކެތި ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ހޮސްޕިޓަލް ބެޑް އަދި އެއަރ މެޓްރެސް ހޯދުމަށް 24 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހިއަރިން އެއިޑް ހޯދުމަށް 17 ފަރާތަކަށް އެހީތެރިވެދީފައިވެއެވެ.

މީގެއިތުރުން، ވީލްޗެއަރ ހޯދުމަށް 14 ފަރާތަކަށާއި، އޮކްސިޖަން ކޮންސަންޓްރޭޓަރ ހޯދުމަށް 11 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ސީޕެޕް މެޝިން ހޯދުމަށް 9 ފަރާތަކަށާއި، އިލެކްޓްރިކް ވީލްޗެއަރ ހޯދުމަށް 3 ފަރާތަކަށް އެހީތެރިވެދީފައިވާއިރު، ވޯކަރުން ހޯދުމަށް 2 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން އެހެނިހެން ބޭނުންތަކަށް 17 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެން.އެސް.ޕީ.އޭގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމަކީ ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތައް ހޯދުމާއި ބޭސް ފަރުވާއަށް މާލީގޮތުން ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެހީ ހޯދުމަށް އެދޭ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށްފަހު، އެހީތެރިކަން ބޭނުންވާ މިންވަރަށް ބަލައި އެހީ ހަމަޖައްސައިދެވެއެވެ.

އެޖެންސީން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސަރުކާރުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން، ސިއްހީ ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0