ކުޅިވަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިން ފުޓުބޯޅައިގެ ރަސްކަމަށް

20 ޖުލައި 2026 - 03:35
އާޖެންޓީނާ ބަލިކޮށް ސްޕެއިން ފުޓުބޯޅައިގެ ރަސްކަމަށް
ފެރާން ޓޮރޭސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ބީއާރް

ފީފާ ވޯލްޑް ކަޕް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަން ހޯދައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން ސްޕެއިނުން މޮޅަށް ކުޅުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ސްޕެއިނުން މެޗު ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް އެވެ.

މި މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެގޮތުން ސްޕެއިނުން ލަނޑު ޖެހުމާ ހަމައަށް އާޖެންޓީނާއަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މީގެ އިތުރުން މެޗުގެ ތެރޭގައި އާޖެންޓީނާގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިއީ ސްޕެއިނުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ސްޕެއިނުން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ނެދަލޭންޑްސް ބަލިކުރުމަށްފަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0