ޚަބަރު

އީވޯޓިން ތަޢާރަފު ނުކުރެވިގެން އުޅެނީ ރައްޔިތުންނަށް އީވޯޓިންގ ނޭނގޭތީ: އީސީ

11 ޖުލައި 2026 - 15:42
އީވޯޓިން ތަޢާރަފު ނުކުރެވިގެން އުޅެނީ ރައްޔިތުންނަށް އީވޯޓިންގ ނޭނގޭތީ: އީސީ
ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިންގ (އީވޯޓިންގ) ތަޢރާފުނުކުރެވިގެން އުޅެނީ ދިވެހި ރައްޔިތުންނަށް އީވޯޓިންގ ނޭނގޭތީ ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް (ޕީއެންސީ ޝަކީލް) ވިދާޅުވެއްޖެއެވެ.

ޝަކީލް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށްދެއްވި އިންޓަވިއުއެއްގައެވެ.

ޝަކީލް ވިދާޅުވީ އީވޯޓިންގެ ސިސްޓަމަކަށް ބަދަލުކުރުމަށް ރައްޖޭގެ މުޖުތަމަޢު ތައްޔާރުކަމަށް އެމަނިކުފާނު ޤަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އިލެކްޓްރިކް ވޯޓިން ނިޒާމަކަށް ދިއުމަށް މިވަގުތު އަދި އަޅުގަނޑުމެންގެ މުޖުތަމަޢު ރެޑީއެއް ނޫން." ޝަކީލް ވިދާޅުވިއެވެ.

ޝަކީލް އިތުރަށް ވިދާޅުވީ އީވޯޓިންގ ނިޒާމަކަށް ދިއުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދިގުމުއްދަތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމަށާއި އީވޯޓިން ގެނެވޭނޭ އޭގެފަހުން ކަމަށެވެ. "އީވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން ރައްޔިތުން ހަގީގަތުގަ އީވޯޓިން ނިޒާމަކީ ކޮބާކަން، އީވޯޓިން ނިޒާމު ފަންކްޝަން ކުރާގޮތަކީ ކޮބާކަން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ. ހޭލުންތެރި ކުރެވެން އެބަޖެހޭ." އީވޯޓިންގ އާއި ބެހޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ޝަކީލު ވިދާޅުވިއެވެ.

އީވޯޓިންގެ ވާހަކަދެކެވޭ ކޮންމެ ފަހަރަކު ވޯޓު އޮޅުވާލާނެކަމުގެ ވާހަކަތައް ދެކެވޭ ކަމަށާއި އެފަދައިން ވާހަކަދެކެވެނީ ރައްޔިތުންނަށް އީވޯޓިންގ ނިޒާމު ފަންކްޝަންކުރާ ގޮތް ނޭނގޭތީކަމަށް ކަން ޝަކީލު ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0