ޚަބަރު

މިމަހުވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެއްޖެ

7 ޖުލައި 2026 - 13:13
މިމަހުވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެއްޖެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް މިމަހުވެސް މުސާރަ ލިބުން ލަސްވެއްޖެއެވެ.

ފާއިތުވީ ހަމަސްދުވަހު ވެސް ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި ލަސްކަމެއް އައިސްފައިވާއިރު، މިއީ ކުންފުންޏަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ވެމްކޯގެ އިސް މުވައްޒަފަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނީ މިމަހު އަދި މިހާތަނަށް ޖަމާވެފައިވަނީ 15،000ރ އަށް ވުރެ މަދުން މުސާރަލިބޭ މުވައްޒަފުންނަށެވެ.

"އަލަށް ވަޒީފާއަށް ނެގި މީހުން ލައިގެން ގިނަވާނީ 15 ހާހަށްވުރެ ބޮޑު މުސާރައިިގެ މީހުން، މިއީ މިހާރު އާދައަކަށް ވެއްޖެ، ބައެއް މުވައްޒަފުން ގޭގެ ހަރަދުތައް ހަމަޖައްސަނީ މުސާރަ ލިބުނު ކުދިން އަތުން ދަރަންޏަށް ފައިސާ ނަގައިގެން." އެ މުވައްޒަފުގެ ކަންބޮޑުވުން ހާމަކުރަމުން ބުންޏެވެ.

ވެމްކޯ އަކީ މިޒާތުގެ މައްސަލަތައް އެންމެ ބޮޑު އެއް ސަރުކާރު ކުންފުންޏެވެ. މުސާރަ ދިނުން ލަސްވުމާއި، ޕެންޝަން ޖަމާނުކުރުމާއި، ބޭންކުން މުޗައްޒަފުން ނަގާފައިވާ ސްކީމްތަކަށް މުސާރައިން ކެނޑުމަށްފަހު ފައިސާ ނުދައްކާ މައްސަލައަކީ ފާއިތުވީ ހަ ވަރަކަށް މަސްދުވަހު ތިލަވެފައިވާ މައްސަލަތަކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0