ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

24 ޖޫން 2026 - 11:11
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ފުލުހުން މިއަދު ނައްތާލި ބަނގުރާ. ފޮޓޮ: ވިރާސީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ތަފާތު އެކި މައްސަލަތަކުގައި ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، މީޑިއާގެ ހާޒިރުގައި ކ. ދޫނިދޫގައި މިއަދު ނައްތާލައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިފަހަރު ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރާ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވި، ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. މީގެ އިތުރުން ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓް ތަކުގައި ހިމެނޭ ބަނގުރާވެސް މީގެ ތެރޭގައި ހިމެނެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ނައްތާލާފައިވަނީ ޖުމްލަ 13 އިންސިޑެންޓެއްގައި ހިމެނޭ ބަނގުރަލާއި، ކޭސްކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ. މިގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި ބްރޭންޑެޑް ބަނގުރާގެ 364 ފުޅިއާއި، 87 ޕެޓް ފުޅިއާއި، 25 ބިޔަރު ދަޅުގެ އިތުރުން އެހެނިހެން 7 އައިޓަމެއް ހިމެނެއެވެ. ޖުމްލަ 482 އައިޓަމް ނައްތާލާފައިވާއިރު، މީގެ ތެރޭގައި ބަނގުރާ އުފުލުމަށް ބޭނުންކުރި ފޮތިކޮތަޅު ފަދަ ތަކެތިވެސް ހިމެނެއެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2014/2014) ގެ ދަށުންނެވެ. މި ހަރަކާތް ސުޕަވައިޒް ކޮށްފައިވަނީ ފުލުހުންގެ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއި، ކަމާގުޅޭ ތަމްރީނު ލިބިފައިވާ އިތުރު ހަތަރު ފުލުހުންގެ ޓީމަކުންނެވެ.

މި ހަރަކާތުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އިތުރު މުވައްޒަފުންވެސް ބައިވެރިވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މީގެ ކުރިންވެސް އެކި ފަހަރުމަތިން ފުލުހުންވަނީ އެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0