ޚަބަރު

އެމްއައިބީގެ ޑެބިޓް ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ލިމިޓްކޮށްފި

23 ޖޫން 2026 - 21:53
އެމްއައިބީގެ ޑެބިޓް ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑެބިޓް ކާޑުތަކުން އީކޮމާސް ބައެއް ސައިޓްތަކުގައި ކުރާ ޑޮލަރުގެ މުއާމަލާތްތައް ލިމިޓްކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވާކަން އެ ބޡޭންކުން ހާމަކުރީ މިރޭ ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެމްއައިބީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތް ލިބިގަނެ، އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނި ގޮތުގައި މި ބަދަލު ގެނައީ ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މި ޚިދުމަތް ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އެހެންކަމުން، މި ހިނދުން ފެށިގެން ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެ ބޭންކުން ވަނީ ނިންމައިފައެވެ.

މި ނިންމުމާއެކު އީކޮމާސް ސައިޓްތަކުގައި ކުރެވޭ ޓްރާންސެކްޝަންތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މީގެ ފަހުން އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަންކަމަށް އެމްއައިބީން ވަނީ ކަސްޓަމަރުންނަށް އަންގައިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 4
ލޯބި ލޯބި 0
މަޖާ މަޖާ 0